އޮލިމްޕަސް ކައިރީ ހުރި ފިހާރައެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި އަލިފާން ރޯވެފައިވަނީ "އެކްސީޑް" ފިހާރައިގެ އެއްވަނަ ފަންގި ފިލާގައެވެ. އެއީ ގ.ގަލޮޅުއާގެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
ގަލޮޅުއާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމުގެ މައުލޫމާތު ލިބިފަިއވަނީ 13:00 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އަލިފާންގަނޑު ކޮންޓްރޯލު ކުރެވުނީ 13:20 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
އެމްއެންޑީއެފިން މިާރުވެސް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.