އިންޑިއާގައި އެއްދުވަސްތެރޭ 9887 ކޮވިޑް ކޭސް ފެނި ހަވަނަޔަށް އެންމެ އެންމެ ގިނަމީހުން މިބަލި ޖެހުނު ގައުމަށް ވެއްޖެއެވެ.
އެއް ދުވަސްތެރޭ އިންޑިއާއިން ކޮވިޑަށް ޕޮޒިޓިވް 9887 ކޭސް ފެނިފައިވާއިރު އެގައުމުން މިހާތަނަށް 236657 މީހުންނަށް ކޮވިޑް ވަނީ ޖެހިފައެވެ.
ކޮވިޑް ޖެހިގެން މިދިޔަ 24 ގަޑިއިރުތެރޭ އިންޑިއާއިން 294 މީހުން މަރުވެފައިވާއިރު މިހާތަނަށް ޖުމުލަ 6642 މީހުން އެގައުމުން މިބަލީގައި މަރުވެފައި ވެއެވެ.
ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިންޑިއާ ހިމެނެނީ ކޮވިޑް ޖެހިފައިވާ މީހުންގެ ނިސްބަތުން ހަވަނައިގައެވެ.
އިންޑިއާ އިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 114072 މީހުން ބަލިން ރަނގަޅުވެފައި ވެއެވެ.