މުހައްމަދު އައުޒަމް
ސްރީލަންކާ އާއި އިނގިރޭސިވިލާތް ގުޅިގެން ކޮވިޑަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
އެ ދެގައުމު ގުޅިގެން ފަށާފައިވާ މި މަސައްކަތަށް އިނގިރޭސިވިލާތުން ވަނީ 10 މިލިއަން ރުޕީސްގެ އެހީއެއް ފަންޑު ކޮށްފައި ވެއެވެ.
ޔޫކޭގެ އޮކްސްފޯޑް ޔުނިވާސިޓީއާއި ލަންކާގެ ޔުނިވާސިޓީއޮފް ޖަޔާވަރްދެނެޕޫރާ ގުޅިގެން ވެކްސިން ހޯދުމަށް ކުރާ މަސައްކަތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް ގެ ބަލިމީހުން ތަހުލީލުގައި ބޭނުންކުރާނެކަމަށް ވަނީ ބުނެފައެވެ.
ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރު ވަނީ މިއީ ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ އިސްނެންގެވުމުގެ މަތިން ލަންކާގެ ބައިވެރިވުމާއެކު ކުރެވޭ މަސައްކަތެއް ކަމަށް ބުނެފައެވެ.