ދުނިޔެ

ދެ މިލިއަން ޑޮލަރުގެ ލޮލީޕޮޕް އޯޑަރު ކުރުމުން މަޑަގަސްކަރައިގެ އެޑިއުކޭޝަން މިނިސްޓަރު މަގާމުން ވަކިކޮށްފި

މުހައްމަދު އައުޒަމް

ދެ މިލިއަން ޑޮލަރުގެ ލޮލީޕޮޕް އޯޑަރު ކުރުމުން މަޑަގަސްކަރައިގެ އެޑިއުކޭޝަން މިނިސްޓަރު މަގާމުން ވަކިކޮށްފިއެވެ.

މަޑަގަސްކަރައިގެ އެޑިއުކޭޝަން މިނިސްޓަރު ރިޖަސާއޯ އެންޑިރިއާ މަނާނާ ވަނީ އެގައުމުގެ ކޮންމެ ދަރިވަރަކަށް ތިން ލޮލީޕޮޕްގެ މަގުން 2 މިލިއަން ޑޮލަރުގެ ލޮލީޕޮޕް ގަތުމަށް އޯޑަރު ކުރައްވައިފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ލޮލީޕޮޕް އޯޑަރު ކުރައްވާފައިވަނީ މަޑަގަސްކަރައިގެ ރައީސްގެ ހާއްސަ ހުއްދައާއެކު އުފައްދާފައިވާ ކޮވިޑް އޯގަނިކްސް ބޭސް ބޭނުން ކުރުމަށް ފަހު އެބޭހުގެ ސަބަބުން ލަމުން އަންނަ ހިތިރަހަޔަށް ހައްލެއް ހޯދައިދިނުމަށެވެ.

މަޑަގަސްކަރައިގެ ރައީސް ވަނީ ކޮވިޑް އޯގަނިކްސް ބޭހަކީ ކޮވިޑް ބަލިން ފަސޭހަ ވުމަށް ބޭނުން ކުރަންޖެހޭ އެންމެ ރަނގަޅު ބޭސްކަމަށް ވިދާޅުވެ އިޝްތިހާރުވެސް ކުރައްވައިފައެވެ. ނަމަވެސް މިހާތަނަށް ޑަބްލިއުއެޗްއޯއިން ވަނީ ކޮވިޑް އޯގަނިކްސް އިން ކޮވިޑް ބަލިން ފަސޭހަ ކޮށްދޭކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާކަމަށް ބުނެފައެވެ.

މަޑަގަސްކަރައިން ކޮވިޑްގެ ހާހަކަށްވުރެން ގިނަ ކޭސް ފެނިފައިވާއިރު ހަތް މީހަކު ވަނީ އެގައުމުން ކޮވިޑް ޖެހި މަރުވެފައެވެ.