ދުނިޔެ

އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުމަށް ޑަބްލިއުއެޗްއޯއިން އިލްތިމާސްކޮށްފި

މުހައްމަދު އައުޒަމް

އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުމަށް ޑަބްލިއުއެޗްއޯއިން އިލްތިމާސްކޮށްފިއެވެ.

ޑަބްލިއުއެޗްއޯއިން ބުނީ އެންމެން މާސްކް އަޅައިގެން އާންމު ތަންތަނުގައި މާސްކު އެޅުމުން ބަލިތަކުން ރައްކާތެރި ވުމުގެ ފުރުސަތު ވަރަށް ބޮޑުކޮށްދޭނެ އެވެ.

ޑަބްލިއުއެޗްއޯގެ ޓެކްނިކަލް އެކްސްޕާޓަކުވަނީ މާސްކު އެޅުމުގައި ކޮންމެހެން ސާޖިކަލް މާސްކު އަޅަން ނުޖެހޭ ކަމަށް ބުނެފައެވެ. ފޮތި މާސްކުން ވެސް ބަލިފެތުރުމަށް މަގުފަހިވާ ކަންކަމުން ދުރުކޮށްދޭކަމަށް އޭނާވަނީ ބުނެފައެވެ.

ޑަބްލިއުއެޗްއޯއިން މީގެ ކުރިންވަނީ ސިއްހަތު ރަނގަޅު މީހުން މާސްކު އެޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫންކަމަށް ބުނެފައެވެ.

އާންމުން ފޮތި މާސްކް އެޅުން އެންމެ ރަނގަޅު ކަމަށް ޑަބްލިއުއެޗްއޯއިން ބުނިނަމަވެސް ބަލިޖެހިފައިވާ މީހުންނާއި އެމީހުންގެ އެހީތެރިން ބޭނުން ކުރަން ޖެހޭނީ ސާޖިކަލް މާސްކު ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި އާންމު ތަންތަނުގައި މާސްކު އެޅުމަކީ މަޖުބޫރު ކަމެއްގޮތުގައި ވަނީ ނިންމައިފައެވެ.