ދުނިޔެ

މިލިޓަރީ ބޭސްތައް ބޭނުންކުރުމުގެ އެއްބަސްވުމެއްގައި އިންޑިއާއާއި އޮސްޓްރޭލިއާ ސޮއިކޮށްފި

މުހައްމަދު އައުޒަމް

ދެގައުމުގެ މިލިޓަރީ ބޭސްތައް ބޭނުންކުރުމުގެ އެއްބަސްވުމެއްގައި އިންޑިއާއާއި އޮސްޓްރޭލިއާ ސޮއިކޮށްފިއެވެ.

އިންޑއާ އާއި އޮސްޓްރޭލިއާގެ މިލިޓަރީ ބޭސްތައް ބޭނުން ކުރުމުގެ "މިއުޗުއަލް ލޮޖިސްޓިކް ސަޕޯޓް" އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ބޮޑުވަޒީރު މޯދީ އާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ބޭއްވި ވާޗުއަލް ސަމިޓެގައެވެ.

މި އެގްރިމެންޓުގެ ދަށުން އިންޑިއާއަށް ވެސް އަދި އޮސްޓްރޭލިއާއަށް ވެސް އެއްގައުމު އަނެއް ގައުމުގެ މިލިޓަރީ ބޭސްތައް ބޭނުންކޮށް ހިދުމަތް ހޯދޭނެއެވެ. އެގޮތުން މިލިޓަރީ ބޯޑުތަކާއި ފްލައިޓުތައް ރީފިލް ކުރުމުގެ އިތުރުން މަރާމާތަށްވެސް ބޭނުން ކުރެވޭނެއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވަނީ މިއީ އިންޑިއާއާ އެކު ބޭއްވި މިފަދަ ފުރަތަމަ ސަމިޓު ކަމަށައި މިސަމިޓުގެ ސަަބަބުން ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާއިން ވަނީ އެމެރިކާއާ އެކުވެސް މިފަދަ އެއްބަސްވުމެއްގައި މީގެ ކުރިން ސޮއި ކޮށްފައެވެ.