މެންބަރަކު ކޮވިޑަށް ޕޮސިޓިވްވެ އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް ހުއްޓުމަކަށް ގެންނަން ޖެހިއްޖެއެވެ.
އިޒްރޭލުގައި ބާރުމިނެއްގައި ކޮވިޑް ފެތުރެމުންދާއިރު އެގައުމުގެ މަޖިލިސް މެންބަރު ކޮވިޑަށް ޕޮޒިޓިވްކަން އެނގުމާއެކު މަޖިލިސް ހުއްޓާލައި މަޖިލީހުގެ ކޮމިޓީތައްވެސް ވަނީ ހުއްޓާލައިފައެވެ.
ކޮވިޑަށް ޕޮޒިޓިވްވި މެންބަރު އަބޫ ޝެހާދް ވަނީ އޭނާއާ ބައްދަލުވި އެންމެން ވަގުތުން އެކަހެރިވެ ޓެސްޓު ހެދުމަށް ގޮވާލައްވައިފައެވެ. މެންބަރު ވަނީ މި ވައިރަސް އެންމެންތެރޭ ހަލުވިކޮށް ފެތުރެމުންދާ ކަމަށް ވިދާޅުވެ ރައްކާތެރިވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ކޮވިޑަށް ޕޮސިޓިވްވި މެންބަރު ވަނީ އޭނާގެ ޑްރައިިވަރު މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯދާފައިވާ ކަމަށް ވިދާޅުވެފައެވެ.
އިޒްރޭލު މީޑިއާއަށް ދިން އިންޓަވިއުއެއްގައި އަބޫ ޝެހާދް ވިދާޅުވީ ވޭތުވެދިޔަ ދެ ހަފުތާ ތެރޭ އޭނާއާ 1000 އަށްވުރެ ގިނަ މީހުން ބައްދަލުވެފައިވާ ކަމަށެވެ.
އިޒްރޭލުގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް ވަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅައިފައެވެ.