ކުއްލި ޚަބަރު

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި އިތުރު 36 މީހަކު ރަނގަޅުވެ ބަލީން ފަސޭހަވީ މީހުންގެ ޖުމުލަ 644 އަށް އަރައިފި

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި އިތުރު 36 މީހަކު ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ ޖުމުލަ 644 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ނުވަ މީހެކެވެ. އެއީ ހަތް ދިވެއްސަކާއި ބަންގުލަދޭޝްގެ ދެ މީހެކެވެ. އެއާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 1850 އަށް އަރައިފައެވެ.

އިއްޔެ ވެސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މަދެވެ. އިއްޔެ ޕޮޒިޓިވްވެފައިވަނީ 12 މީހެކެވެ. އަދި އިއްޔެ 120 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތް މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ހަތަރު ދިވެއްސަކާއި ބަންގުލަދޭޝްގެ ތިން މީހެކެވެ.