ތޫފާން ނިސާގާ އިންޑިއާގެ މުމްބާއިއަށް އަރައިފިއެވެ.
އަރަބި ކަނޑުގައި އުފެދުނު ތޫފާން ނިސާގާ މުމްބާއީއަށް އަރާފައިވާ އިރު، މިހާތަނަށް ލައްކައަކަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ވަނީ ބަދަލުކޮށްފައެވެ. މީގެ ތެރޭގައި ކޮވިޑް 19 އަށް ފަރުވާ ހޯދަމުން އަންނަ ބަލި މީހުންވެސް ހިމެނޭ ކަމަށް އިންޑިއާގެ އޮފިޝަލުން ބުނެއެވެ.
ތޫފާން ނިސާގާގެ ބާރު އިތުރަށް ގަދަވެފައިވާ އިރު، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި 75 މޭލަށް ވައިޖެހުން ވެސް އެކަށީގެންވާ ކަމަށް އިންޑިއާގެ މީޓިރިއޮލޮޖިކަލް ޑިޕާޓްމަންޓުން ބުނެއެވެ.
ތޫފާން ނިސާގާގެ ސަބަބުން ފެންބޮޑުވެދާނެ ކަމަށާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިންގާނެ ކަމަށް ބެލެވޭތީ އިންޑިއާގެ ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސްގެ 43 ޓީމެއް މިހާރު ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ.
އިންޑިއާގެ ކޯސްޓްގާޑްގެ ޑިޒާސްޓާ ރިލީފްގެ އަށް ޓީމެއްވެސް މިހާރު ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ.
ތޫފާން ނިސާގާ އަކީ ވޭތުވެދިޔަ 70 އަހަރުތެރޭ މުމްބާއީއަށް އަރާ އެންމެ ބޮޑު ތޫފާނެވެ. އަދި ތޫފާން ނިސާގާ އަރާފައިމިވަނީ ކޮވިޑްގެ ސަބަބުން ނުވަ ހަފުތާ ލޮކްޑައުން ކުރުމަށް ފަހު ލުއިދިނުމަށް ސަރުކާރުން ނިންމާފައިވަނިކޮށެވެ.