މުހައްމަދު އައުޒަމް
ޗައިނާގެ ވުހާން ސިޓީގައި 10 ދުވަސް ތެރޭ 10 ވަރަކަށް މިލިއަން މީހުން ކޮވިޑަށް ޓެސްޓުކުރުމުން ހައިރާން ކުރުވަނިވި ނަތީޖާއެއް ނުކުމެއްޖެ އެވެ.
ވުހާން ސިޓީގައި ކޮވިޑް ޖެހިފައިވާ މީހުން ބެލުމަށް ފަށާފައިވާ ކެމްޕެއިންގައި 10 ދުވަސް ތެރޭ 9.89 މިލިއަން މީހުންގެ ޓެސްޓު ކޮށްފައިވާކަމަށް އެސިޓީގެ މުނިސިޕަލިޓީގެ އޮފިޝަލަކު ވަނީ ބުނެފައެވެ.
ވުހާން ސިޓީގައި ހެދި މި ޓެސްޓު ތަކުގެ ނަތީޖާ ދައްކާގޮތުން އޭގެން އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެއް ވެއެވެ. ނަމަވެސް އެސިޓީގެ 300 މީހެއްގެ ގައިގައި ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ވުހާން ސިޓީގެ ޑެޕިއުޓީ މޭޔަރު ވަނީ 10 ދުވަހުގެ ކެމްޕެއިނަށް 126.58 މިލިއަން ޑޮލަރު ހަރަދުވެފައިވާ ކަމަށް ބުނެފައެވެ. އަދި މިހުރިހާ ހަރަދެއްވެސް ކޮށްފައިވަނީ ވުހާނެގެ ސަރުކާރުން ކަމަށްވެސް ވަނީ ބުނެފައެވެ.
ވުހާން ސިޓީން ކޮވިޑް ޖެހިފައިވާ 50،000 އަށްވުރެ ގިނަ ކޭސް ކުރީން ފެނިފައި ވެއެވެ.
މުޅި ޗައިނާއިން މިހާތަނަށް 83 ހާހަށްވުރެ ގިނަ ޕޮޒިޓިވް މީހުން ފެނިފައިވާއިރު ހަތަރު ހާހަށްވުރެ ގިނަމީހުން މަރުވެފައި ވެއެވެ. މީގެތެރެއިން އެންމެ ގިނައީ ޗައިނާގެ ހޫބޭ ޕްރޮވިންސުން ފެނުނު ބަލި މީހުންނެވެ.