މުހައްމަދު އައުޒަމް
ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑަށް 133 ވެކްސިނެއް ޓެސްޓުކުރަމުން އަންނަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ބުނެފިއެވެ.
ޑަބްލިޔުއެޗްއޯ އިން ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓެސްޓުކުރަމުން އަންނަ ވެކްސިންތަކުން ބޮޑު ކުރިއެރުމެއް ލިބެމުން އަންނަ ކަމަށެވެ.
އެގޮތުން މިހާރު ދިހަ ވެކްސިނެއް ލެބޯޓަރީތަކުގައި ޓެސްޓާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން ހަތަރު ޓެސްޓް ޓްރަޔަލްއެއް އިންއެކްޓިވޭޓް ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. އިންއެކްޓިވޭޓް ކުރާ ވެކްސިންތަކުން ބަލިފަތުރާ ވައިރަސް ނައްތާލައެވެ.
މިހާތަނަށް އިންއެކްޓިވޭޓެޑް ވެކްސިން ޓެސްޓުކޮށްފައިވަނީ ވުހާންގައި ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެއެވެ.
ވެކްސިންގެ ލެބޯޓަރީ ޓެސްޓު ޓަރަޔަލްތައް ފަށާފައިވަނީ އޮކްސްފޯޑް ޔުނިވާސިޓީއާއި ބެއިޖިން އިންސްޓިޓިއުޓް އޮފް ބަޔޯ ޓެކްނޮލޮޖީގެ އިތުރުން އެމެރިކާގެ އިނޯވިއޯ ފާމަސޫޓިކަލްސްގައެވެ.