ކޮވިޑް 19

"އެމެރިކާ ފަދަ ގައުމުތަކަށް ވުރެ ރާއްޖޭގައި ކޮވިޑަށް އައިސީޔޫގައި ދިން ފަރުވާގެ ނަތީޖާ ރަނގަޅު"

ކޮވިޑަށް ފަރުވާދިން މީހުންގެ ތެރެއިން އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ ހާލަތުގައި ތިބޭ މީހުންނަށް އައިސީޔޫގައި ދޭ ފަރުވާޔަށް ބަލާއިރު، ރާއްޖޭގެ އައިސީޔޫގައި ފަުރވާ ދީގެން ނެރެފައިވާ ނަތިޖާ އެމެރިކާ ފަދަ ގައުމުތަކަށްވުރެ ވެސް ރަނގަޅު ކަމަށް ޑރ. ބްރޫސް ވިދާޅުވެއްޖެ އެވެ.

ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ކޮވިޑާ ގުޅޭ ތަމްރީނު ދިނުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއި އެކު ސައުތު އެފްރިކާއިންއިން ރާއްޖެ ގެނައި މެޑިކަލް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ބުރޫސް، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެމެރިކާގައި ހުރިހާ ވައްތަރެއްގެ މެޝިނެއް ހުރި އިރުވެސް މިބަލީގައި މަރުވި މީހުންގެ އަދަދު އިތުރުވެފައިވާކަމީ ބިރުވެރި ކަމެއް ކަމަށެވެ.

ޑރ. ބްރޫސް ވިދާޅުވީ ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުން މިދިޔަ މާޗް މަހު ނިއުޔޯކުން ފެނިފައިވާ ކޭސްތަކަށް ބަލައިފިނަމަ ކޮވިޑް 19 ޖެހުން 5700 ބަލިމީހުންގެ ތެރެއިން ވެންޓިލޭޓަރަށްލީ 88 ޕަސެންޓު މީހުން މަރުވެފައިވާ ކަމަށާއި ސަލާމަތްވީ 12 ޕަސެންޓް މީހުން ކަމަށެވެ.

އެކަމަކު ރާއްޖޭގައި އިންޓަބޭޝަން އަދި ވެންޓިލޭޝަންގައި އަސީޔޫގައި ތިބި މީހުން ދޮޅުމަސް ފަހުން ބަލީގެ މުއްދަތުގައި އެހެން ގައުމުތަކާއި އަޅައި ބަލާއިރު ރާއްޖޭގެ އައިސީޔޫގައި ފަރުވާ ދީގެން ނެރެފައިވާ ނަތީޖާ ރަނގަޅު ކަމަށެވެ. އެގޮތުން އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވެންޓިލޭޓަރުގައި ފަރުވާ ދީފައިވާ އިރު އޭ ތެރެއިން 4 މީހުން ރަނގަޅުވެފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު 50 ފަސެންޓް ކާމިޔާބު ކަމަށް ބުރޫސް ވިދާޅުވިއެވެ.