ކޮވިޑުން އަރައިގަތުމަށާއި ބަލި ފެތުރުމުން ރައްކާތެރިވުމަށް އެންމެ މުހިންމީ އެކަމުގެ ހޭލުންތެރިކަން ރައްޔިތުންގެ މެދުގައި އުފެއްދުން ކަމަށާއި އެކަން ކުރެވި އަތޮޅުތަކުގައި ސިއްހީ ވަސީލަތް ގާއިމުވެއްޖެ ނަމަ ނިއުނޯމަލްގައި ރާއްޖެ ހުޅުވައިލުމުގައި މައްސަލައެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ޑރ. ބްރޫސް ވިދާޅުވެއްޖެ އެވެ.
ކޮވިޑް 19 އާ ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ތަމްރީނު ދިނުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއި އެކު ސައުތު އެފްރިކާއިން އިން ރާއްޖެއައި މެޑިކަލް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ކްރޫސް ސްޓްރޯވާ، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވިދާޅުވީ ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާ ވާ ގައުމެއް ކަމުން އަޅަން ޖެހޭ ފިޔަވަޅުތަކާ އެކު ނިއުނޯމަލްގައި ރާއްޖެ ހުޅުވައިލުމުގައި މައްސަލައެއް އޮތް ކަމަށް ދެކިވަޑައި ނުގަންނަވާކަމަށެވެ.
"ގާބިލުކަން އިތުރު ކުރުމުގެ ގޮތުން ބަލާ ނަމަ އަޅުގަނޑަކަށް ހީއެއް ނުވޭ ހުރިހާ ރަށެއްގައި ތިބި ޑޮކްޓަރުންނަށް ވެސް މައުލޫމާތު ނުދެވި އޮތް ހެނެއް. އެހެންވީމާ އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަންނަން އުޅެނީ ކޮންކަމެއްކަން" ޑރ. ބްރޫސް ވިދާޅުވި އެވެ.
ޑރ. ބުރޫސް ވިދާޅުވީ ކޮވިޑް 19 ގައި ހުޅުވާލާއިރު އެންމެ މުހިންމު ކަމަކީ މި ބައްޔާ ބެހޭގޮތުން މީހުން ހޭލުންތެރި ކުރުން ކަމަށެވެ. އެގޮތުން އެ ހޭލުންތެރިކަމާ އެކު ދެން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވީ މީހެއްގެ ހާލު ބޮޑުވެ، އޮކްސިޖަން ދޭން ޖެހިދާނެ ހާލަތަކަށް ބޭނުންވާ ވަރަށް އޮކްސިޖަން ހުރުމެވެ.
ޑރ. ބުރޫސް ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތައް ހުޅުވަމުން އަންނަނީ މި ބައްޔާ ގުޅިގެން އެގައުމުތައް ނުހުޅުވި ލަސްވެއްޖެ ނަމަ އިތުރު އެހެން ބަލިމަޑުކަން ފެތުރި ރައްޔިތުން ބަނޑަށް ޖެހިދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ. ގައުމުތައް ހުޅުވުމުގައި އެއްވެސް މީހަކު އާނއެކޭވެސް ނުވަތަ ނޫނެކޭވެސް ނުބުނާނެ ކަމަށާއި ސަބަބަކީ މިކަމުގައި އަދި ކޮޅެއް ނުފެނުން ކަމުގައި ޑރ. ބުރޫސް ވިދާޅުވިދާޅުވިއެވެ.