ދުނިޔެ

މުޒާހަރާތައް ކޮންޓްރޯލް ނުވާނަމަ އާމީ ނެރެން ޖެހިދާނެ: ޓްރަމްޕް

މުހައްމަދު އައުޒަމް

މުޒާހަރާތައް ކޮންޓްރޯލް ނުވާނަމަ އާމީ ނެރެން ޖެހިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ މިނެޕޮލިސް ގައި ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑް އަނިޔާވެރިކޮށް ހައްޔަރު ކުރުމުގެ ތެރޭގައި މަރުވުމުން އެމައްސަލަ ހޫނުވެ އެމެރިކާގެ ގިނަ ސިޓީތަކުގައި ދަނީ މުޒާހަރާކޮށް ހަމަނުޖެހުން ހިންގައި ލޫޓުވަމުންނެވެ.

ހަމަނުޖެހުންތައް އިތުރުވެ ކޮންޓްރޯލް ނުވާ ހިސާބަށް ގޮސްފައިވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް ވަނީ މުޒާހަރާ ކުރާ މީހުންނަށް ވަރުގަދަ އިންޒާރެއް ދެއްވައިފައެވެ.

ޓްރަމްޕް ވަނީ މުޒާހަރާ ކޮންޓްރޯލް ކުރުމަށް އެމެރިކާގެ އާމީ ނެރެން ޖެހިދާނެކަމަށް ވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވީ ޓްރަމްޕް ވިދާޅުވީ ސިޓީތަކުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އާމީ ނެރެގެން ނަމަވެސް މި މައްސަލަތައް އަވަހަށް ހައްލުކުރައްވާނެ ކަމަށެވެ.

ޖޯޖް ފްލޮއިޑް މަރުވެފައި ވަނީ ފުލުހުން އޭނާގެ ކަރަށް ފައިން އެރުމުގެ ސަބަބުން ނޭވާ ހާސްވެގެން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މި މައްސަލައިގައި އެމެރިކާގެ އެކި ސިޓީތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިންގަމުންދާ އިރު، ތަންތަނުގައި ހުޅުޖެހުންވެސް ވަނީ ގިނަ ވެފަ އެވެ. އެ ގޮތުން ޕޮލިސް ސްޓޭޝަނެއްގައިވެސް ވަނީ ހުޅިޖަހައި އަންދައިލައިފަ އެވެ. މި ހަމަނުޖެހުންތައް ބޮޑުވެ އެމެރިކާގެ ބައެއް ސިޓީތަކުގައި އަންނަނީ ކާފިއުވެސް ހިންގަމުންނެވެ.