ކޮންގޯގައި އެބޯލާ ފެތުރި މިހާތަނަށް ހަތަރު މީހުން މަރުވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނީ ކޮންގޯގެ އެމްބަންޑަކާ އިން އެބޯލާގެ ހަ ކޭހެއް ފެނިފައިވާ ކަމަށާއި މިހާތަނަށް ހަތަރު މީހުން މަރުވެފައިވާކަމަށް ރެކޯޑުކުރެވިފައިވާ ކަމަށެވެ.
ޑަބްލިއުއެޗްއޯގެ ހާއްސަ މާހިރަކު އެމްބަންޑަކާ އަށް މިހާރު ވަނީ ފޮނުވައިފައެވެ.
ކޮންގޯގެ އެމްބަންޑަކާގެ ގަވަރުނަރުވެސް ވަނީ އެބޯލާގެ ނުރައްކާ އެސިޓީން ފެނިފައިވާކަން އަންގައި ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކުރައްވައިފައެވެ. ގަވަރުނަރު ވަނީ އެސިޓީން 18 މެއި ގެ ފަހުން މަރުވި އެންމެންގެ ސާމްޕަލްތަކުން އެބޯލާގެ އަސަރު ހުރިތޯ ބެލުމަށް އެގައުމުގެ މައި ލެބަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެފައެވެ.