ސްޕޭސް އެކްސްގެ ކާމިޔާބު ދަތުރަށްފަހު އެސްޓްރޮނޯޓުން އައިއެސްއެސްއަށް ދަތުރުކޮށްފިއެވެ.
އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ނާސާގެ އެސްޓްރޮނޯޓުން ގެންދިއުމުގެ މިޝަންގައި ސްޕޭސް އެކްސްގެ ރޮކެޓްގެ ޖައްވީ އުޅަނދު ކާމިޔާބު ދަތުރަށް ފަހު ޑޮކް ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ސްޕޭސް އެކްސްގެ ޖައްވީ އުޅަނދު ޑްރެގަން އައިއެސްއެސްގައި ޑޮކް ކުރުމުގައި އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އުފައްދާފައިވާ އޮޓޮމޭޓެޑް ޑޮކިން ފުރަތަމަ ފަހަރަށް ވަނީ ބޭނުން ކޮށްފައެވެ. މީގެކުރިން ޖައްވީ ހުރިހާ ދަތުރެއްގައިވެސް ޑޮކް ކުރުމުގައި ބޭނުންކުރުމަށް ޖެހިފައިވަނީ އައިއެސްއެސްގެ ރޮބޮޓުތަކެވެ.
19 ގަޑިއިރުގެ ދަތުރަކަށްފަހު އެސްޓްރޮނޯޓުން އައިއެސްއެސް އަށް ވަނުމާއެކު ހޫނު މަރުހަބާއެއް ވަނީ ކިޔައިފައެވެ.
ނާސާގެ އެސްޓްރޮނޯޓް ބޮބް ބެންކެންގެ އިތުރުން ޑައުގް ހޫލޭ މި ދަތުރުގައި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް)ގައި ހޭދަކުރާނީ ކިތައް ދުވަސް ކަމެއް ނާސާއިން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިދެ އެސްޓްރޮނޯޓުން ހަ ހަފްތާ ނޫނީ 16 ހަފްތާ ވަންދެން ތިބެން ޖެހިދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިއީ މިހާތަނަށް ތާރީހުގައި ޕްރައިވެޓް ކުންފުންޏެއްގެ ޖައްވީ އުޅަނދެއްގައި އައިއެސްއެސް އަށް ނާސާގެ އެސްޓްރޮނޯޓުން ގެންދިޔަ ފުރަތަމަ ފަހަރެވެ.