ކުއްލި ޚަބަރު

އިތުރު 52 މީހުން ރަނގަޅުވެ، ކޮވިޑުން ފަސޭހަވީ މީހުންގެ އަދަދު 453 އަށް

އިތުރު 52 މީހުން ރަނގަޅުވެ، ރާއްޖޭގައި ފަރުވާދެމުން އަންނަ މީހުންގެ ތެރެއިން ކޮވިޑުން ފަސޭހަވީ މީހުންގެ އަދަދު 453 އަށް އަރައިފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު 52 މީހަކު އެ ބަލިން މިއަދު ރަނގަޅުވެފައިވާ ކަމަށެވެ. މިއީ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ 27 ޕަސަންޓެވެ.

ރާއްޖެއިން 52 މީހަކު ރަނގަޅުވިއިރު މިއަދު މިއަދު ވަނީ އިތުރު 101 މީހަކު ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 72 ބަންގްލަދޭޝް މީހުންނާއި 21 އިންޑިއާ މީހުން އަދި އަށް ދިވެހިންނެވެ.

މި ކޭސްތަކާއެކު ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1173 އަށް އަރައިފައެވެ. ރާއްޖޭގައި މިހާތަނަށް ކޮވިޑް ބަލީގައި މަރުވެފައިވަނީ ފަސް މީހެކެވެ. އެއީ ތިން ދިވެހިންނާއި ބަންގްލަދޭޝް މީހެކެވެ.