މުހައްމަދު އައުޒަމް
ޖޯޖް ފްލޮއިޑްގެ މަރާއެކު އެމެރިކާގައި ހަމަނުޖެހުން ބޮޑުވެ 1400 އަށްވުރެން ގިނަ މީހުން ހައްޔަރުކޮށްފިއެވެ.
އެމެރިކާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ މިނެޕޮލިސް ގައި ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑް އަނިޔާވެރިކޮށް ހައްޔަރު ކުރުމުގެ ތެރޭގައި އޭނާ މަރުވި މައްސަލައިގައި އެމެރިކާގެ އެކި ސިޓީތަކުގައި ހަމަނުޖެހުން ހިނގައި ބޮޑެތި މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ.
އެމެރިކާގެ އެކި ހިސާބުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގެ 16 ސިޓީއަކުން 1400 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އެގައުމުގެ ގިނަ ސިޓީތަކެއްގައި މިހާރުވަނީ ކާފިއުވެސް ހިންގަން ފަށާފައެވެ.
މަޝްރަހު ގޯސްވެ އެމެރިކާގައި ކާފިއު ހިންގަން ފަށާފައިވާ ސިޓިތަކުގެ ތެރޭގައި އެޓްލާންޓާ އާއި ސީޓަލް އާއި ލޮސް އެންޖެލިސް އާއި ޝިކާގޯ އާއި ފިލަޑޯފިއާ އާއި ކޮލްމްބަސް އާއި ޕިޓްބާގް ގެ އިތުރުން ޑޭންވާ އާއި ސޯލްޓް ލޭކް ސިޓީގެ އިތުރުން ނަޝްވިލޭ އަދި މިނެޕޮލިސްވެސް ހިމެނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އެގައުމުގެ ފެޑަރަލް ފޯސްތައް ތައްޔާރީ ހާލަތެއްގައި ތިބުމަށް އަންގަވައިފައެވެ.
އެމެރިކާގެ އެކި ސަރަހައްދުތަކުގައި ހިންގަމުން އަންނަ ހަމަނުޖެހުންތަކުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާވެ ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.