ކޮވިޑް 19

އިތުރު 42 މީހުން ޕޮޒިޓިވް ވެ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ ޖުމުލަ 1633 އަށް އަރައިފި

މަރިޔަމް ޝަހުދާ

އިތުރު 42 މީހުން ޕޮޒިޓިވް ވެ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ ޖުމުލަ 1633 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދު 3:00 ގެ ނިޔަލަށް ކޮވިޑް 19ގެ އިތުރު 42 ކޭސް ފެނިފައިވާ ކަމަށެވެ.

ކޮވިޑް 19އަށް ޕޮޒިޓިވް ވި 42 މީހުންގެ ތެރޭ ހިމެނެނީ ބަންގްލަދޭޝްގެ 28 މީހަކާއި އިންޑިއާގެ 13 މީހެއްގެ އިތުރުން ދިވެއްސެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާރު ރާއްޖެއިން ކޮވިޑް ޖެހިފައިވާ ޖުމުލަ 1633 މީހަކު ފެނިފައިވާ އިރު، މި ބަލި ޖެހުނު މީހުންގެ ތެރެއިން ރާއްޖޭގައި ބަލިން ރަނގަޅުވެފަިއވަނީ 242 މީހެކެވެ. އަދި މި ބަލި ޖެހިގެން މިހާތަނަށް ރާއްޖޭގައި މަރުވެފައިވަނީ ފަސް މީހެކެވެ.