ސްޓެެލްކޯގެ ސޭލްސް ސެންޓަރު މާދަމާއިން ފެށިގެން ހުޅުވަން ނިންމައިފި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ މެދުކެނޑިފައިވާ އެ ކުންފުނީގެ އެކި ހިދުމަތްތައް ސަރުކާރުން ލޮކްޑައުންއަށް ލުއިތަކެއް ދިނުމާއި ގުޅިގެން އަލުން ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ސްޓެލްކޯގެ ސޭލްސް ސެންޓަރުވެސް ހުޅުވަން ނިންމާފައިވާކަން މުޣުނީ ފާހަގަ ކުރެއްވިއެވެ.
މާދަމައިން ފެށިގެން ކޮންމެ ދުވަހަކު ސްޓެލްކޯގެ ސޭލްސް ސެންޓަރު ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު 2:00 އަށް ކަމަށް މުޣުނީ ވިދާޅުވިއެވެ.
ސްޓެލްކޯގެ ސޭލްސް ސެންޓަރުން ލިބޭ ބައެއް ތަކެއްޗަކީ އެހެން ތަންތަނުން ލިބޭ ތަކެތި ނޫންކަން މުޣުނީ ފާހަގަ ކުރެއްވިއެވެ. އަދި މި ތަކެތި ގަންނަން ބޭނުން މީހުންނަށް ސްޓެލްކޯގެ ސޭލްސް ސެންޓަރުން ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް މުޣުނީ ވިދާޅުވިއެވެ.
މުޣުނީ ވިދާޅުވީ ސޭލްސް ސެންޓަރު ހުޅުވި ނަމަވެސް އޮންލައިން ކޮށް އޯޑަރު ކުރުމުގެ ފުރުސަތު އަދިވެސް ހުޅުވާލާފައިވާ ކަމަށެވެ.