ހއ. އަތޮޅުން ފެށިގެން ށ. އަތޮޅާ ދެމެދުގެ ރަށްތަކަށް އޮރެންޖް އެލާޓް ނެރެފިއެވެ.
މެޓު އޮފީހުން ނެރުނު އެލާޓްގައި ބުނީ، މި ސަރަަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ފެންބޮޑު ވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.
މެޓް އޮފީހުން ނެރުނު އެލާޓުގެ މުއްދަތު ހަމަވާނީ މިރޭ 8:00 އަށެވެ.
މިއީ ފަހުގެ ތާރީހެއްގައި ރާއްޖެއަށް ނެރުނު ދެވަނަ އޮރެންޖް އެލާޓެވެ. މީގެ ކުރިން މެއި 15 ވަނަ ދުވަހު ރާއްޖޭގެ މެދުތެރެއާއި އުތުރުގެ ހަތް އަތޮޅަކަށް އޮރެންޖް އެލާޓު ނެރުނެވެ.