ދުނިޔެ

ޔޫރޯ ވިންގްސް އިން ދަތުރުތައް ފަށައި ކުރި ފުރަތަމަ ދަތުރުގައި އެއާޕޯޓް ބަންދުވުމުން އަނބުރާ ޖައްސައިފި

މުހައްމަދު އައުޒަމް

ޔޫރޯ ވިންގްސް އިން ދަތުރުތައް ފަށައި ކުރި ފުރަތަމަ ދަތުރުގައި އެއާޕޯޓް ބަންދުވުމުން އަނބުރާ ޖައްސައިފިއެވެ.

ޖަރުމަނުވިލާތުގެ އެއާލައިން ޔޫރޯ ވިންގްސް އިން ކޮވިޑާ ގުޅިގެން ދަތުރުތައް ހުއްޓާލުމަށްފަހު އަލުން ދަތުރުތައް ފަށައި ކުރި ފުރަތަމަ ދަތުރުވެގެންދިޔައީ ބޭކާރު ދަތުރަކަށެވެ.

ޖަރުމަނުގެ ޑުސުލްޑޯފް އިން އިޓަލީގެ އޮލްބިއާއަށް 730 މޭލު ކަޑައްތުކޮށް ފްލައިޓު ޖެއްސުމުގެ ހުއްދައަކަށް އެދުމުން އެއާޓްރެފިކް ކޮންޓްރޯލުން ވަނީ އެއާޕޯޓް ބަންދުކަމަށް ބުނެފައެވެ.

ޔޫރޯ ވިންގްސްގެ ފްލައިޓް އީޑަބްލިއު ގެ މި ފުލައިޓުން ދަތުރު ކޮށްފައިވަނީ އެންމެ ދެ ފަސިންޖަރުންނެވެ.

ބަޖެޓް އެއާލައިން ޔޫރޯ ވިންގްސްގެ އޮފިޝަލަކު ވަނީ ކޮވިޑާގުޅިގެން ޔޫރަޕުގެ ގިނަ އެއާޕޯޓުތައް ބަންދުކޮށްފައި ވުމުން ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ފާހަގަ ކޮށްފައެވެ. އަދި އެއާޕޯޓު ހުޅުވާގަޑިތަކުގެ ގޮތުންވެސް ދަތިތަކެއް ކުރިމަތިވާ ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން އިޓަލީގެ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ އެންޑް ޓްރާންސްޕޯޓޭޝަން އިން ވަނީ އެއާޕޯޓުތައް މިމަހުގެ 17 އިން ފެށިގެން ހަމައެކަނި އެތެރޭގެ އުދުހުންތަކަށް ހުޅުވާލާފައިވާކަމަށް ބުނެފައެވެ.