ކުއްލި ޚަބަރު

ކައުންސިލަރުންގެ ދައުރު އިތުރުކުރުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ބަަލައިގެންފި

އިބްރާހިމް ޒަކީ

އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވާ ކައުންސިލަރުންގެ ދައުރު އިތުރުކުރުމަށް، ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފިއެވެ.

ސަރުކާރުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ގާނޫނުއަސާސީއައް މި އިސްލާހު ހުށަހެޅުއްވީ، ކޮވިޑް 19 އާ ގުޅިގެން ކައުންސިލް އިންތިހާބު ފަސްކޮއްފައިވާއިރު، ދެން އިންތިހާބު ބާއްވައި އާ ކައުންސިލަރުން މަގާމުތަކާ ހަވާލުވަންދެން މިހާރު ތިބި ކައުންސިލަރުންގެ މަގާމުގެ މުއްދސަތު އިތުރު ކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާގައި މި ބިލު މަޖިލީހައް ބަލައިގެންފައިވަނީ ޖަލްސާގައި ތިއްބެވި، 65 މެންބަރުންގެ ތެރެއިން 60 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ބިލު މަޖލީހައް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަން ފާސްކުރީ 61 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ކައުންސިލަރުންގެ ދައުރު އިތުރު ކުރަން ގާނޫނުއސާސީ އިސްލާހު ކުރުމާބެހޭ މައްސަލައިގައި އެމްޑީޕީގެ މެންބަރުންގެ މެދުގައި ވަނީ ބޮޑއތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

މީގެ އިތުރުން ސަރުކާރުން ބިލް މަޖިލީހައް ފޮނުވި ގޮތައް ފާސް ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ވިޕްލައިންވެސް ނެރެފައެވެ.

އެގޮތައް ވިޕްލައިން ނެރުން ނަަމަވެސް ގާނޫނުއަސާސީ އިސްލާހު ކުރަން ވޯޓު ނުދެއްވާނެ ކަމަށް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

މި ބިލް މަޖިލީހައް ބަލައި ގަތުމައްފަހު، މިމައްސަލައާ ބެހޭގޮތުން ސުޕްރީމް ކޯޓުގެ ލަފައަކަށް އެދި ހުށަހެޅި ގަރާރުވެސް މަޖިލީހުން މިރޭ ވަނީ ފާސްކޮށްފައެވެ.

އެ ގަރާރު ފާސްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ސުޕްރީމް ކޯޓުުގެ ލަފައަކައްއެދި ރައްޔިތުންގެ މަޖިލީހުުން ސިޓީ ފޮނުވާފައިވާ ކަމަށެވެ.