ކުއްލި ޚަބަރު

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި އިތުރު 78 މީހުން ރަނގަޅުވެ ބަލީން ފަސޭހަވީ މީހުންގެ އަދަދު 232 އަށް

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި އިތުރު 78 މީހުން ރަނގަޅުވެ ބަލީން ފަސޭހަވީ މީހުންގެ އަދަދު 232 އަށް އަރައިފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު 232 އަށް އަރާފައިވާ ކަމަށެވެ.

އިއްޔެގެ ނިޔަލަށް ބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ 154 އެވެ. އެހެންކަމުން މިއަދު 78 މީހަކު މިވަނީ ބަލިން ރަނގަޅުވެފައެވެ. ނަމަވެސް އެމީހުންގެ މައުލޫމާތެއް މަބްރޫކު ހާމައެއް ނުކުރައްވައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ މިއަދު ވަނީ 1438 އަށް އަރައިފައެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 43 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 31 މީހަކާއި ނުވަ ދިވެއްސަކާއި އިންޑިއާގެ ތިން މީހެކެވެ.

ރާއްޖެގައި ކޮވިޑް ޖެހިގެން މިހާތަނަށް މަރުވެފައިވަނީ ފަސް މީހެކެވެ. އެއީ އުމުރުން ދުވަސްވީ ތިން ދިވެއްސަކާއި، ބަންގްލަދޭޝްގެ ދެ މީހެކެވެ.