ދުނިޔެ

ޖަރުމަނުގެ އިކިއާ ޕާކިން ލޮޓެއްގައި އެތައް ސަތޭކަބަޔަކު އީދު ނަމާދު ކޮށްފި

މުހައްމަދު އައުޒަމް

ޖަރުމަނުގެ އިކިއާ ޕާކިން ލޮޓެއްގައި އެތައް ސަތޭކަ ބަޔަކު އީދު ނަމާދު ކޮށްފިއެވެ.

ޖަރުމަނުވިލާތުގެ ވެޓްޒްލާގައި ހުންނަ އިކިއާގެ ޕާކިންގައި އިޖުތިމާއީ ގައިދުރުކަމުގައި ތިބެ ކުރި އީދު ނަމާދުގައި 700 އަށްވުރެ ގިނަމީހުން ބައިވެރިވެފައި ވެއެވެ.

އީދު ނަމާދު އިންތިޒާމްކުރި ދަ އިސްލާމިކް ކޮމިއުނިޓީ މިއްލި ގޯރަސް (އައިޖީއެމްޖީ) އިން ބުނީ އެމީހުންގެ އެދުމަށް އިކިއާގެ ޕާކިން ސަރަހައްދު ދީފައިވާތީ އިކިއާގެ ވެރިންނަށް ޝުކުރު އަދާކުރާކަމަށެވެ. އަދި 700 އަށްވުރެ ގިނަ މީހުން އީދު ނަމާދުގައި ބައިވެރިވުން މިއީ އާދަޔާ ހިލާފު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

އައިޖީއެމްޖީ އިން ވަނީ ވެޓްޒްލާގެ ފުލުހުންގެ ފަރާތުން މިކަމުގައި ލިބުނު އެއްބާރުލުމަށްވެސް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ކޮވިޑް 19 އާ ގުޅިގެން ދުނިޔޭގެ އެތައް ގައުމެއްގައި އީދު ފާހަގަ ކުރުމަށް ފުރުސަތު ލިބިފައި ނުވާއިރު އިޖުތިމާއީ ގައިދުރުކަމުގައި ބައެއް ގައުމުތަކުގައި އީދު ނަމާދު ކުރުމުގެ ހުއްދަ ވަނީ ދީފައެވެ.