ސައުދީގައި ކާފިއު އުވާލައި މިސްކިތްތައް ހުޅުވާލާން ނިންމައިފިއެވެ.
ކޮވިޑް19 އިން ރައްކާތެރި ވުމަށް ސައުދީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކާފިއު އުވާލައި ބޮޑެތި ލުއިތަކެއް ދިނުމަށް ވަނީ ނިންމައިފައެވެ.
ސައުދީން ވަނީ މިމަހު 31 ވަނަ ދުވަހުން ފެށިގެން މައްކާ ފިޔަވައި ސައުދީގެ ހުރިހާ ކަންކޮޅުތަކެއްގައި މިސްކިތްތައް ހުޅުވައިލަން ނިންމައިފައެވެ. އަދި މީގެ އިތުރުން އެތެރޭގެ އުދުހުންތަކާއި ސަރުކާރާއި އަމިއްލަ ފަރާތްތަކުން މަސައްކަތަށް ނިކުތުމުގެ ހުއްދަ ދިނުމަށް ވެސް ވަނީ ނިންމައިފައެވެ.
މައްކާގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމާފައިވަނީ އަންނަ މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.
ސައުދީން މިމަހުގެ 31 ވަަނަ ދުވަހުން ފެށިގެން ލުއިތަކެއް ދިނުމަށް ނިންމާފައިވަނީ އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ. އަދި އަންނަމަހުގެ 21 ވަނަ ދުވަހުން ފެށިގެން މުޅި ސައުދީ ގެ ލޮކްޑައުން އުވާލައި އާންމު ހާލަތަށް އެނބުރި ދިއުމަށް ވަނީ ނިންމައިފައެވެ.
ސައުދީ އަރަބިއްޔާގައި މިހާތަނަށް 74 ހާހަށްވުރެން ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު މިހާތަނަށް އެގައުމުން 399 މީހުން މިބަލީގައި މަރުވެފައި ވެއެވެ.