ކުއްލި ޚަބަރު

ގައްދޫ ދޯންޏަކުން އެންދަމަން މޫދަށް ފޭބި ޒުވާނަކު މަރުވެއްޖެ

މަރިޔަމް ޝަހުދާ

ގދ. ގައްދޫ ދޯންޏަކުން އެންދަމަން މޫދަށް ފޭބި ޒުވާނަކު މަރުވެއްޖެ އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މިހާދިސާގައި މަރުވެފައިވަނީ 21 އަހަރުގެ ޒުވާނެކެވެ.

އެންދަމަން ފައިބައި އުޅުނު މި ޒުވާނާ ހަރަކާތެއް ނެތި ހުއްޓިފައި ވަނިކޮށް ފެނިފައިވަނީ އެކުގައި ޑައިވް ކުރަން އުޅުނު ބަޔަކަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ޑައިވް ކުރަން އުޅުނު ބަޔަކަށް މިޒުވާނާ ފެނިގެން ގައްދޫއަށް ގެންނަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 15:55 ހާއިރު ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ގައްދޫ ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ޒުވާނާ ސިއްހީ މަރުކަޒަށް ގެންދެވުނު އިރުވެސް ވަނީ މަރުވެފައެވެ.

މި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.