ދުނިޔެ

އެކްސިޑެންޓެއްގައި މަރުވި މީހަކު ވަޅުލިތާ އެއްމަސްފަހުން އަނބުރާ ގެޔަށް ހިނގައްޖެ

މުހައްމަދު އައުޒަމް

އެކްސިޑެންޓެއްގައި މަރުވި މީހަކު ވަޅުލިތާ އެއްމަސްފަހުން އަނބުރާ ގެޔަށް ހިނގައްޖެއެވެ.

ސްރީލަންކާގެ އަތުރުގިރިއާގައި މީގެ އެއްމަސްކުރިން ހިނގި އެކްސިޑެންޓެއްގައި މަރުވި މީހާގެ ޖަނާޒާގެ ކަންކަންވެސް ކޮށްފައިވަނީ އާއިލާގެ ފަރާތުންނެވެ.

ޑެންރިސް ޕެރޭރާ ނަމަކަށް ކިޔާ މިމީހާ މަރުވުމުގެ ހިތާމަ އާއިލާއަށް ނުފިލަނީސް އޭގެ އެއްމަސް ފަހުން އޭނާވަނީ އެނބުރި ގެއަށް ގޮސްފައެވެ. ނަމަވެސް އާއިލާ މީހުންނަށް ލިބުނީ ބޮޑު ޝޮކެކެވެ.

ޑެންރިސް ޕެރޭރާ ވަނީ އޭނާއަށް ވީގޮތް ކިޔައިދީފައެވެ. ޕެރޭރާ ދިރިއުޅެމުން ގެންދަނީ އާއިލާއާ ދުރުގައި އޭނާ މަސައްކަތް ކުރާ އަވަށުގައެވެ. އޭނާވަނީ އާއިލާ އާއި ރައްޓެހިންނަށް ސަޕްރައިޒެއް ދިނުމަށް މިދިޔަ ފެބްރުއަރީ މަހު 4 ވަނަ ދުވަހު ޗުއްޓީ ނަގައި ދަތުރު ފަށައިފައެވެ. ނަމަވެސް ޕެރޭރާ ބުނާގޮތުން އޭނާގެ ދަތުރު ފެށިތަނުން އެގައުމުގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއެކު އޭނާއަށް ގެޔަށް ނުދެވި ތާށިވީއެވެ.

ލަންކާގައި އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރުމުން ފެރޭރާ އެނބުރި ގެޔަށް އައިއިރު އާއިލާ މީހުން ބިރުން ދުވެ ފިލި ކަމަށް އޭނާވަނީ ބުނެފައެެވެ. އެންމެފަހުން އެސަރަހައްދުގެ ފުލުހުންގެ އެހީގައި އޭނާވަނީ ކަން ދިމާވިގޮތް އާއިލާ އާ ހިއްސާ ކޮށްފައެވެ. އަދި އާއިލާއިން ވަނީ އޭނާގެ މަހާނަވެސް ދައްކައިފައެވެ.

ޕެރޭރާ ވަނީ އޭނާއަކީ މިހާތަަނަށް ދުނިޔެއިން އަމިއްލަ މަހާނަ ފެނިފައިވާ ހަމައެކަނި މީހާކަމަށް ބުނެ ފައެވެ.

ފެރޭރާ އަނބުރާ ގެއަށް ދިއުމާއެކު ދެން އުފެދިގެން ދިޔައީ އެހެން ސުވާލެކެވެ. މީގެ އެއްމަސްކުރިން އެކްސިޑެންޓްގައި މަރުވުމުން ވަޅުލާފައިވަނީ ކާކުކަމާމެދުއެވެ. ފުލުހުން މިހާރުވަނީ އެއީ ކާކުކަން ހޯދުމުގެ މަސައްކަތް ފަށައިފައެވެ.