މުހައްމަދު އައުޒަމް
އެމޭޒަންގެ އޮފީސް އިމާރާތެއް ބަދަލުކޮށް ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަން ދިނުމަށް ހުޅުވާލައިފިއެވެ.
އެމެރިކާގެ ސިއޭޓަލްގައި ހުންނަ އެމޭޒަންގެ މައި އިމާރާތުގެ އެއްބައި ބަދަލުކޮށް ހާލުގައި ޖެހިފައިވާ ފަރާތްތަކަށް މިހާރުވަނީ ހުޅުވާލައިފައެވެ.
63000 އަކަފޫޓުގެ ބޮޑު 8 ބުރީގެ މި ފެސިލިޓީ މެދުވެރިކޮށް 200 މީހުންނަށް ބޯހިޔާވަހިކަން ދިނުމަށް އެމޭޒަން އިން ވަނީ ނިންމައިފައެވެ.
އެމޭޒަން އިން ވަނީ ކޮވިޑް19 ގެ ސަބަބުން ހާލުގައި ޖެހިފައިވާ ގިނަ ބަޔަކަށް މާޗު މަހުން ފެށިގެން އެހެނިހެން ބޯހިޔާވަހިކަން ދެމުން އަންނަ ކަމަށްވެސް ބުނެފައެވެ.
އެމޭޒަންއިން ދާއިމީ ބޯހިޔާވަހިކަން ދިނުމަށް ތައްޔާރުކުރި މިފެސިލިޓީގައި ބޮޑު ކާގެއަކާއި އިންޑަސްޓްރިއަލް ބަދިގެއެއްގެ އިތުރުން އޮފީސް ބަޔަކާއި ކުޑަކުދިންނަށް ކުޅެވޭނެ ބައެއްވެސް ހުރެއެވެ.
މި ފެސިލިޓީގައި ސިއްހީ ފަރުވާ ދިނުމަށްވެސް ހާއްސަ ތަނެއް ހުންނާނެކަމަށް އެމޭޒަން އިން ވަނީ ފާހަގަކޮށްފައެވެ.