ކުއްލި ޚަބަރު

އެންމެ އަވަހަށްވެސް ސްކޫލުތައް ހުޅުވާނީ ޖޫން 14 ގައި: މަބްރޫކް

އަލީ ޔާމިން

3

އެންމެ އަވަހަށް ހުޅުވުނަސް ސްކޫލުތައް ހުޅުވާނީ ކުރިޔަށް އޮތް ސްކޫލު ބަންދަށް ފަހު ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ، ސްކޫލުތައް ހުޅުވާލުމަށް ތިން ސިނާރިއޯއަަކަށް ބަހާލައިގެން ޕްލޭންތަކެއް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުރެވޭ މަސައްކަތަކީ އޭގެން އަމަލު ކުރާނީ ކޮން ސިނާރިއޯއަކަށް ކަން ސިއްހީ މާހިރުންނާއެކުގައި މަޝްވަރާކޮށްގެން ނިންމުން ކަމަށެވެ.

"އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ޕްލޭންތަކެއް އެބަހުއްޓޭ ތިން ސިނާރިއޯއަކަށް ބެހިގެން ހެދިފައޭ. އޭގެން އިމްޕްލިމަންޓް ކުރާނީ ކޮން ޕްލޭނެއްކަން އެނގޭނީ ސިއްހީ ހިދުމަތްތެރީންނާއި ޓެގު ޓީމުގެ ފަރާތުން އަރުވާ ލަފާގެ މަތިންނޭ ވިދާޅުވޭ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ސްކޫލުތައް ހުޅުވާނެ ތާރީހެއް ކަނޑައެޅުމާއި، ސްކޫލުތައް ހުޅުވުމުގައި އަމަލުކުރާނެ ގޮތްތައް ނިންމުމަށް ކަމާބެހޭ ފަރާތްތަކާއެކު އެޑިއުކޭޝަނުން މަޝްވަރާކުރަމުން އަންނަ ކަމަށާއި ނަމަވެސް އެންމެ އަވަހަށް ހުޅުވިޔަސް ސްކޫލުތައް ހުޅުވާނީ ކުރިއަށް އޮތް ސްކޫލު ބަންދު ނިމުމުން ކަމަށެވެ.

"އެންމެ އަވަހަކަށް ހުޅުވިޔަސް ހުޅުވާނީ ކުރިއަށް އޮތް ސްކޫލު ބަންދު ނިމުމަށް ފަހު،" މަބްރޫކް ވިދާޅުވިއެވެ.

ފުރަތަމަ ޓާމުގެ ބަންދަށް ފަހު ސުކޫލުތައް އަލުން ހުޅުވަން އެކަޑެމިކް ކަލަންޑަރުގައި ހަމަޖައްސާފައި އޮތީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން ސްކޫލުތަކާއި، ތައުލީމީ މަރުކަޒުތައް ބަންދުކޮށްފައިވާތާ މިހާރު މިވަނީ މަހަކަށް ވުރެ ގިނަ ދުވަސްވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟