ނ. މަނަދޫން ކޮވިޑް ޖެހުމަށްފަހު ރަނގަޅުވި 80 އަހަރުގެ މީހާ މަރުވެއްޖެއެވެ.
އެމީހާ މަރުވެފައިވާކަން އޭނާގެ އާއިލާގެ ފަރާތުން ވަނީ "ވަން" އަށް ކަށަވަރުކޮށްދީފައެވެ.
އެނގިފައިވާ ގޮތުގައި، އެ އަންހެން މީހާ މަރުވީ މިއަދު އިރުއޮއްސުނު ފަހުންނެވެ. އަދި އޭނާ މަރުވީ، އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާ މަރުވި އިރު އޭނާގެ އާއިލާގެ ގިނަ ބަޔަކު މިވަގުތު ތިބީ ކަރަންޓީނުގައެވެ.
އެ އަންހެންް މީހާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ އޭނާގެ ބަނޑުގައި ރިއްސާތީ ރަށުން އައިޖީއެމްއެޗަށް ގެނެސް ޓެސްޓް ކުރުމުންނެވެ. އޭނާއާ ކޮންޓެކްޓުވި ގިނަ ބަޔަކު މަނަދޫން ޓެސްޓުކޮށް އޭގެ ތެރެއިން ނުވަ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އެ އަންހެން މީހާއަށް ކޮވިޑު ޖެހުނު ގޮތް އަދިވެސް ހޯދިފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި އެ އަންހެން މީހާއަކީ ގެއިން ބޭރަަށް ނުކުމެ އުޅޭ މީހެއްވެސް ނޫނެވެ.
މާލެ ފިޔަވައި އެންމެ ގިނަ މީހުން ޕޮޒިޓިވްވިވެފައިވަނީ މަނަދޫންނާއި ށ. ނަރުދޫންނެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ތިން ދިވެއްސަކާއި ބިދޭސީއަކު ހިމެނެއެވެ.