ކުއްލި ޚަބަރު

ތ. ގުރައިދޫގައި އިތުރު ބިދޭސީއަކަށް ހަމަލާދީ ޒަހަމުކޮށްލައިފި

އަލީ ޔާމިން

3

ތ. ގުރައިދޫގައި ބިދޭސީއަކަށް ހަމަލާދީ މަރާލާފައިވަނިކޮށް އިތުރު ބިދޭސީއަކަށްވެސް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ގުރައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި މާރާމާރީއެއް ހިންގައި ތޫނު އެެއްޗަކުން ހަމަލާދިނުމުން ބިދޭސީއަކު ވަނީ މިރޭ މަރުވެފައެވެ. ފުލުހުން ބުނީ އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.

"ވަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަރަށްފަހު ބިދޭސީންގެ މެދުގައި ހިނގި އިތުރު ހަމަނުޖެހުމެއްގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަހަމުކޮށްލާފައެވެ. އޭނާއަށް ގުރައިދޫ ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާދެމުންނެވެ.

އެނގިފައިވާ ގޮތުގައި އޭނާއަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ. އެގޮތުން ބޯ ފަޅައިގެން ގޮސްފައިވާއިރު އަދިވެސް އޭނާ ހޭނާރާ ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލަވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟