ކުއްލި ޚަބަރު

ރައީސް ސޯލިހު މިރޭ 9:00ގައި ގައުމާ މުހާތަބުކުރައްވަނީ

1

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ 9:00ގައި ގައުމާ މުހާތަބުކުރައްވަން ނިންމަވައިފިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދާދި ދެންމެ ބުނީ ރައީސް ސޯލިހު މިއަދު ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަން ނިންމަވާފައި ވަނީ މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް ބަލީގެ ހާލަތާ ގުޅޭ ގޮތުން ކަމަށެވެ.

މާލެއިން ކޮވިޑް 19ގެ ކޭސްއެއް ފެނުނު ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށް ރައީސް ވަނީ ތިން ފަހަރަކު ގައުމާ މުހާތަބުކުރައްވައިފައެވެ. އެންމެ ފަހުން ރައީސް ގައުމާ މުހާތަބުކުރައްވާފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.

‎ރާއްޖޭގައި ކޮވިޑު މުޖުމުތަމައުތެރޭން ފެނުނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ. ހަމަ އެދުވަހު މާލެ ލޮކްޑައުން ކުރިކަން ސަރުކާރުން އިއުލާނުކުރިއެވެ. އެއަށްފަހު ކޮންމެ 14 ދުވަހަކުން ސަރުކާރުން އަންނަނީ ލޮކްޑައުން އިތުރުކުރަމުންނެވެ. އެންމެ ފަހުން އިތުރުކުރި ލޮކްޑައުން ނިމުމަކަށް އަންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

ރާއްޖޭގައި މިހާތަނަށް 1185 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، 91 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ހަތަރު މީހަކު ވަނީ ބަލީގައި މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟