އީދު ޗުއްޓީއަށް ފަހު އަގްސާ މިސްކިތް ހުޅުވާލަން ނިންމައިފިއެވެ.
ފަލަސްތީނުގެ ޖެރޫސަލަމް ގައި ހުންނަ މަސްޖިދުލް އަގްސާ އަލުން ހުޅުވާލަން ނިންމައި އަޅުކަން ކުރާ މީހުންނަން މިސްކިތް ބޭނުންކުރުމަށް އަންގާފައިވަނީ ޖެރޫސަލަމްގެ އިސްލާމިކް ވަގުފް ކޮމިޓީންނެވެ.
އަގްސާ މިސްކިތް ބަންދުކޮށްފައިވަނީ މިދިޔަ މާޗް މަހު ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.
ކޮވިޑާއި ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތައް ފަލަސްތީނާ އިސްރާއިލުން މިހާރު އަންނަނީ ލުއިކުރަމުންނެވެ. އެގޮތުން އަގްސާ މިސްކިތުގެ ބޭރުގައި އިސްރާއީލުން ކޮންޓްރޯލް ކުރަމުންދާ ސަރަހައްދުގައި އެންމެ ގިނަވެގެން އެއްފަހަރާ 300 މީހުންނަށް ނަމާދު ކުރުމުގެ ފުރުސަތު އިސްރާއީލުން ވަނީ ދީފައެވެ.
އިސްރާއީލުން ކޮވިޑް ޖެހުނު މީހުންގެ އަދަދު 16 ހާހަށްވުރެ މައްޗަށް އަރައި 277 މީހަކު ވަނީ މަރުވެފައެވެ. ފަލަސްތީނުން މިހާތަނަށް ކޮވިޑް ޖެހުނީ 400 މީހުންނަށެވެ.