ކުއްލި ޚަބަރު

އިތުރު 43 މިހަކު ޕޮޒިޓިވް ވެ ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 1186 އަށް އަރައިފި

އައިދާ އަބްދުލް ހަކީމް

އިތުރު 43 މިހަކު ޕޮޒިޓިވް ވެ ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 1186 އަށް އަރައިފި އެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް 19 އަށް މިއަދު ޕޮޒުޓިވް ވީ މީހުންގެ ތެރޭގައި ހިމެނެނީ 10 ދިވެހީންނާއި ބަންގުލަދޭޝްގެ 28 މީހަކާއި އިންޑިއާ ހަތަރު މީހުންގެ އިތުރުން ނޭޕާލް ގެ މީހަކު ކަމަށެވެ.

އެގޮތުން މިހާރު ރާއްޖެއިން ޕޮޒިޓިވް ވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 1186 އަކަށް އަރައިފައެވެ.

މިއަދު އިތުރު ފަސް މީހަކު މި ބަލިން ރަނގަޅުވެފައިވާކަން އެޗްޕީއޭއިން ހާމަކޮށްފައިވާއިރު، ބަލީން ރަނގަޅުވީ މީހުންގެ ޖުމުލަވެސް މި ވަނީ 91 އަށް އަރައިފަ އެވެ.

ކޮވިޑް 19 އާއި ގުޅިގެން ރާއްޖެ ލޮކްޑައުން ކޮށްފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާ އިރު، ސަރުކާރުން މިހާރު އަންނަނީ ނިއު ނޯމަލްގައި ރާއްޖެ ހުޅުވައިލައި، ލޮކްޑައުން އަށް ލުއިދޭން ތައްޔާރުވަމުންނެވެ.