ރާއްޖޭގައި ކޮވިޑް ޖެހުނު އިތުރު ހަ މީހަކު އަނެއްކާވެސް ރަނގަޅުވެ، ބަލީން ފަސޭހަވީ މީހުންގެ އަދަދު 86 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން މިއަދު ހެނދުނު ވަނީ ކޮވިޑް ޖެހުނު ހަ މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް ތަފްސީލެއް ނުދެއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖޭން ކޮވިޑް ޖެހުނު އިތުރު ހަ މީހަކު ބަލިން ރަނގަޅުވެ، ބަލިން ރަނގަޅުވި މީހުންގެ އަދަދު 86 އަށް އަރާފައިވާ ކަމަށެވެ.
އެގޮތުން މިއަދު ބަލިން ރަނގަޅުވީ 12 މީހުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 10 ބިދޭސީން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު ވަނީ 1143 އަށް އަރައިފިއެވެ. އަދި އެބަލީގައި ރާއްޖޭން މަރުވެފައިވަނީ ހަތަރު މީހެކެވެ. އެއީ ތިން ދިވެހިންނާއި ބަންގްލަދޭޝް މީހެކެވެ.