ދުނިޔެ

ސާޖަކަށް އަރައި އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ލައްކައަކަށް

މުހައްމަދު އައުޒަމް

ސާޖަކަށް އަރައި އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ލައްކައަކަށް އަރައިފިއެވެ.

އިންޑިއާގައި ފާއިތުވެދިޔަ 24 ގަޑިއިރުތެރޭ 4970 ޕޮޒިޓިވް ކޭސް ފެނިފައިވާއިރު މިހާތަނަށް 3163 މީހުން އެގައުމުން ވަނީ ކޮވިޑްޖެހި މަރުވެފައެވެ.

އިންޑިއާގައި ބަލިޖެހުނު މީހުންގެ ނިސްބަތް ޗައިނާއަށްވުރެ މައްޗަށް ގޮސްފައިވާއިރު އޭޝިއާ ސަރަހައްދުން އެންމެ ގިނަ ކޭސް ވެސް ފެނިފައިވަނީ އިންޑިއާއިންނެވެ.

އިންޑިއާއިން ވަނީ އެގައުމުގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް ބޮޑެތި ފިޔަވަޅުތަކެއްވެސް އަޅައިފައެވެ. އެގޮތުން އެގައުމުގައި ކޮށްފައިވާ ލޮކްޑައުންގެ މުއްދަތުވެސް މިމަހުގެ 31 އާ ހަމައަށް ވަނީ އިތުރު ކޮށްފައެވެ.

އިންޑިއާގައި ބަލިޖެހުން އިތުރުވާ ވަރަކަށް އެގައުމުގެ ހާލަތު ދަށަށް ދާކަމަށް ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ. އިންޑިއާގެ ސިއްހީ ދާއިރާގެ ހާލަތަށް ބަލާއިރު އެގައުމުގައި ހިދުމަތް ދިނުމަށް ހުރީ އެއްލައްކަ އައިސީޔޫ ބެޑްގެ އިތުރުން 40 ހާސް ވެންޓިލޭޓަރު ކަމަށް އިންޑިއަން ސޮސައިޓީ ފޯ ހެލްތް ކެއާ މެޑިސިން އިން ވަނީ ބުނެފައެވެ.

އިންޑިއަން ސޮސައިޓީ ފޯ ހެލްތު ކެއާ މެޑިސިން އިން ވަނީ އެއް ބިލިއަން މީހުންގެ އާބާދީއެއްގެ މީހުންނަށް ހިދުމަތް ދެވޭ ވަރަށް ސިއްހީ ދާއިރާގައި މީހުން ނެތް ކަމަށް ބުނެފައެވެ.