ކޮވިޑަށް ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން އިތުރު 6 މީހަކު ރަނގަޅުވެ، ރާއްޖޭގައި މި ބަލީން ފަސޭހަ ވީ މީހުންގެ ޖުމުލަ 80 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ވެބްސައިޓުގައި ވަނީ މިކަން އާންމުކޮށްފަ އެވެ.
ރާއްޖެއިން މިހާތަނަށް ޖުމްލަ 1106 މީހަކަށް ކޮވިޑު ޖެހިފައިވާއިރު ނުވަ މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ ތިން ދިވެއްސަކާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ. މި ކެޓަގަރީއަކީ މި ބަލީގެ ނުރައްކާ އެންމެ ބޮޑު ކެޓަގަރީއެވެ.