ކޮވިޑް19 އިން ރައްކާތެރިވުމަށް ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވުމަށްޓަކައި ކިމް ކާޑޭޝަން ފޭސް މާސްކުގެ ލައިނެއް އޭނާގެ ބްރޭންޑް ސްކިމްސް އިން ނެރެފިއެވެ.
ސްކިމްސް އަކީ އަންޑާވެއާއަށް ހާއްސަކޮށް ކިމް އުފައްދާފައިވާ ބްރޭންޑެކެވެ. އެ ބްރޭންޑުން ތައާރަފުކުރި ނޮން-މެޑިކަލް ފޭސް މާސްކަކީ މުޅި ދުވަހު އެކީ އަޅައިގެން އުޅެވޭނެ މާސްކުތަކެއް ކަމަށް އެ ބްރޭންޑުގެ ފަރާތުން ވަނީ ބުނެފައެވެ. އެ ބްރޭންޑުގެ އަންޑާގާމެންޓްސް ގޮތަށް މާސްކުތައްވެސް ފަހާފައިވަނީ ފަތި ނުފެންނަހެން، ދެމޭ އަދި އަރާމު ފޮތީގައިކަމަށް ވެއެވެ.
ހޮނިހިރު ދުވަހު މާސްކުތައް ތައާރަފު ކޮށްފައިވަނީ ފަސް ކުލައެއްގައެވެ. ވިއްކަނީ ފަށާ އަގަކީ 8 ޑޮލަރެވެ.
އެކަލެކްޝަން ތައާރަފުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ހުރިހާ މާސްކެއް ވިކިއްޖެކަމަށް ކިމް ވަނީ ޓުވިޓާ މެދުވެރިކޮށް ބުނެފައެވެ.
މާސްކު ވިއްކުމުގެ އިތުރުން އެ ބްރޭންޑުގެ ފަރާތުން ވަނީ 10000 މާސްކު ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް ވެސް ދޭން ނިންމައިފައެވެ. މީގެ އިތުރުން އެއް މިލިއަން ޑޮލަރު ވަނީ އެންމެ ބޭނުންވާ އެކި އާއިލާތަކާއި ހާލުގައި ޖެހިފައިތިބި އާއިލާތަަކަށް ފަންޑުކުރުމަށް ހަދިޔާކޮށްފައެވެ.