ދުނިޔެ

ލަންކާގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކޮށްފި

މުހައްމަދު އައުޒަމް

ލަންކާގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކޮށްފި އެވެ.

ލަންކާގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށްފިކަން އިއުލާންކޮފައިވަނީ އެގައުމުގެ ހެލްތް މިނިސްޓްރީންނެވެ.

ލަންކާގެ ޕަބްލިކް ހެލްތު ޑެޕިއުޓީ ޖެނެރަލް ޑރ ޕަބާ ޕަލިހަވަޑަނާ ވަނީ އެގައުމުގެ އާންމުންގެ މެދުގައި މިހާރު ކޮވިޑް 19ގެ އެއްވެސް ކޭސް އެއް ނުފެންނަކަމަށް ބުނެފައެވެ.

މިހާރު ލަންކާގައި ކޮވިޑް ފެތުރެނީ ހަމައެކަނި އެގައުމުގެ ނޭވީ ތެރޭގައެވެ. އަދި ނޭވީގެ ތެރޭގައި ކޮވިޑް ޖެހޭ ކަމަށްވެސް ހޯދިފައިވަނީ އެމީހުންގެ ތެރެއިން ކަމަށް މިހާރުވަނީ ޔަގީން ވެފައެވެ.

ޑރ ޕަބާ ވަނީ މިއީ ކަންކަން ލުއިކޮށްލަން ވީ ވަގުތު ނޫންކަމަށް ބުނެފައެވެ. އަދި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ހުރިހާ ފަރާތްތަކުންވެސް ފުރިހަމައަށް ބޯލަނބަން ވަނީ އެދިފައެވެ.

ލަންކާއިން މިހާތަނަށް ކޮވިޑް ޖެހިފައިވާ 960 މީހުން ފެނިފައިވާއިރު އެގައުމުން މަރުވީ 9 މީހުންނެވެ.