މުހައްމަދު އައުޒަމް
ލޮކްޑައުންއަށްފަހު މެލޭޝިއާގެ މޯލެއް ހުޅުވިއިރު ހުރިހާ މުދަލެއްގައި ފަންގަސް ޖަހައިފިއެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މެލޭޝިއާގައި އެޅި ފިޔަވަޅުތަކުގެ ތެރެއިން އެގައުމު 50 ދުވަހުގެ ލޮކްޑައުނެއްގައި އޮތުމަށްފަހު ހުޅުވައިލުމާ އެކު ވިޔަފާރިތައްވެސް ހުޅުވަން ފެށިއެވެ.
މެލޭޝިއާގެ ޕެނަންގުގެ ޕުލައު ޓިކްސް ގައި ހުންނަ ޝޮޕިން މޯލެއް ހުޅުވުމަށްފަހު އެމޯލްގެ މުވައްޒަފުންނަށް ޖެހުނީ ބޮޑު މަސައްކަތްތަކެއް ކުރާށެވެ.
އެހާ ގިނަ ދުވަހު މޯލް ބަންދުކޮށްފައި ބަހައްޓަން ޖެހުމުން ފިނިހޫނުމިން ކޮންޓްރޯލް ނުވެ މޯލްގައި ހުރި ހުރިހާ މުދަލެއްގައި ވަނީ ފަންގަސް ޖަހައިފައެވެ. މޯލްގެ އޯނަރުވަނީ މިކަން މެދުވެރިވެފައިވަނީ މޯލް ގެ ފިނިހޫނުމިނަށް ވޭތުވެދިޔަ ދުވަސްތަކުގައި އައިސްފައިވާ ބަދަލުތަކެއްގެ ސަބަބުން ކަމަށް ބުނެފައެވެ.
ފަންގަސްގެ ސަބަބުން މޯލްގައި ހުރި މުދާތަކުގެ އަސްލަށް އެއްވެސް ބަދަލެއް ނާންނަކަމަށް މޯލްގެ ވެރިޔާވަނީ ބުނެފައެވެ. އަދި މިހާރު މަސައްކަތް ކުރަމުން އަންނަނީ ހުރިހާ މުދަލަކުން ފަންގަސް ފިލުގައި ތެޔޮލައި ޕޮލިޝް ކުރުމަށެވެ.
މެލޭޝިއާގެ އިތުރު ބައެއް މޯލްތަކަށާއި ރީޓެއިލް ފިހާރަތަކަށް ވެސް މިމައްސަލަ ވަނީ ދިމާވެފައެވެ.
މެލޭޝިއާގެ ރީޓެއިލް ޗެއިން އެސޯސިއޭޝަނުން ވަނީ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުން ގާތުން ބަލަމުން އަންނަ ކަމަށް ބުނެފައެވެ. އަދި ސަރުކާރުން ކަނޑައަޅާފައިވާ ގަވާއިދުތައް ތަންފީޒުކޮށް ވިޔަފާރިތައް ކޮޅަށް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.