ކުއްލި ޚަބަރު

އިތުރު ނުވަ މީހަކު ކޮވިޑުން ރަނގަޅުވެ، ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ 58 އަށް

އިތުރު ނުވަ މީހަކު ކޮވިޑުން ރަނގަޅުވެ، ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ 58 އަށް އަރައިފިއެވެ.

ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދިވެއްސަކާއި ޕާކިސްތާނުގެ މީހަކާއި ބަންގުލަދޭޝްގެ މީހަކާއި ސްރީލަންކާގެ މީހެއް އަދި އިންޑިއާގެ މީހެކެވެ.

ރަނގަޅުވި މީހުންގެ ތެރޭގައި މިމަހުގެ ދެވަނަ ދުވަހު ޕޮޒިޓިވްވި މީހަކުވެސް ހިމެނެއެވެ. އޭނާއަކީ 28 އަހަރުގެ ފިރިހެނެކެވެ. އޭގެ އިތުރުން ރަނގަޅުވި މީހުންގެ ތެރޭގައި 60 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ހިމެނެއެވެ.

ރާއްޖޭގައި މިހާތަނަށް 1078 މީހަކަށް ވަނީ ބަލި ޖެހިފައެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 58 މީހަކު ޕޮޒިޓިވްވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 27 ދިވެއްސަކާއި ބަންގުލަދޭޝްގެ 25 މީހަކާއި ނޭޕާލުގެ ދެ މީހަކާއި އިންޑިއާގެ ހަތަރު މީހެކެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ. މަރުވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ދެމަފިރިން ވެސް ހިމެނެއެވެ.