ޑަޔަލިސިސް ހަދަން އައިޖީއެމްއެޗަށް ދިޔަ ފިރިހެނަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވިކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު ވަނީ އޭނާއަށް އަންގައިފައެވެ.
އެނގިފައިވާ ގޮތުގައި ކޮވިޑަށް ޓެސްޓުކުރުމަށް އޭނާގެ ސާމްޕަލް ނަގާފައިވަނީ ޑަޔަލިސިސް ހެދުމަށް ދިޔަ ދުވަހު އޭނާގެ ހާލު ދެރަވެގެން އެމަޖެންސީއަށް ގެންދިއުމުންނެވެ. އޭނާގެ ޓެސްޓުގެ ނަތީޖާ ލިބުމުން ޕޮޒިޓިވްވިކަން އެޗްޕީއޭ އިން އޭނާއަށް އަންގާފައިވަނީ މިއަދުއެވެ.
އޭނާ ކޮވިޑަށް ޓެސްޓުކޮށްފައިވަނީ ފަރުވާއަށް އައިޖީއެމްއެޗަށް ދާ މީހުން ކޮވިޑަށް ޓެސްޓުކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުންނެވެ.