ކޮވިޑް 19

މިއަދު އިތުރު 38 މީހުން ކޮވިޑަށް ޕޮޒިޓިވް ވެ ރާއްޖޭގެ ޖުމުލަ 1020 އަށް އަރައިފި

އަލީ ޔާމިން

މިއަދު އިތުރު 38 މީހަކު ކޮވިޑު 19 އަށް ޕޮޒިޓިވް ވެ ރާއްޖޭގެ ޖުމުލަ 1020 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޕޮޒިޓިވްވި 38 މީހުންގެ ތެރޭގައި ހިމެނެނީ 28 ދިވެހިންނާއި ބަންގުލަދޭޝްގެ އަށް މީހަކާއި ނޭޕާލްގެ މީހެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އެއީ ތިން ދިވެހިންނާއި ބަންގުލަދޭޝް މީހެކެވެ. އަދި ރާއްޖޭގައި ކޮވިޑް ޖެހުނު 46 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިއްޔެއާ ހަމައަށް 46 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި ބަލި ޖެހުނު ހަތަރު މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ. މަރުވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ދެމަފިރިން ވެސް ހިމެނެ އެވެ.