ކުއްލި ޚަބަރު

ޓެސްޓް ހެދޭ މިންވަރު ދަށަސް، ޕީކަށް އަރާއިރު އެހެން ގޮތްގޮތުން އެކަން އެނގޭނެ: ޑރ. އަފްޒަލް

ޓެސްޓް ހެދޭ މިންވަރު ދަށަސް، ޕީކަށް އަރާއިރު އެހެން ގޮތްގޮތުން އެކަން އެނގޭނެ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮފަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ މިހާރުވެސް ޓެސްޓުކުރެވޭ މިންްވަރުން ސާޖަކަށް ގޮސްފި ނަމަ، އެކަން އެނގޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ދެކެވޭ ވާހަކައެއް އެއީ ޓެސްޓިން އިތުރު ނުކުރެވޭ ނަމަ، އަޅުގަނޑުމެންނަށް ސާޖެއް އަޔަސް ނޭނގޭނެއޭ. ހަގީގަތުގައި ސާޖެއް އަތުވެއްޖެއްޔާ ހަމަގައިމުވެސް އެނގޭނެ ސަރޮގޭޓް އިންޑިކޭޓާތަކެއް ހުންނާނެ. މާނައަކީ ސަވޭލަންސުން އެކަނި ކެޕްޗާ ނުވި ކަމުގައިވިޔަސް ސާޖެއް އައިސްފި ކަމުގައިވާނަމަ، ގައިމުވެސް، އަޅުގަނޑުމެންގެ ފުލޫ ކުލިނިކުތަކުގެ ނަންބަރުތައް އިތުރުވެގެންދާނެ. މީގެ އިތުރުން އެޑްމިޓްކުރެވޭ ކެސަސް ހަމަގައިމުވެސް އިތުރުވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ންމެ ފުރަތަމަ އަޅުގަނޑުމެންނަށް ފެނުނު ކްލަސްޓާއާ އަޅާ ބަލާއިރު މިހާރު ފެންނަނީ ވަރަށް ކުދިކުދި ކްލަސްޓާތައް ކަމަށާއި ވަކިވަކި ކްލަސްޓާއާ ގުޅިފައިވާ ކޮންޓެކްޓްތައް ވެސް އާ ކްލަސްޓާތަކުން ފެންނަނީ ފުދޭވަރަކަށް މަދުން ކަމަށެވެ.

ސިމްޓަމެޓިކް، އޭ ސިމްޓަމެޓިކަށް ބަލައިލިޔަސް ގާތްގަނޑަކަށް އެއްވަރަކަށް މިއުޅެނީ. ޗާޓަށް ބަލައިލާއިރު، 41 ޕަސަންޓު އެއީ އޭ ސިމްޓަމެޓިކް. އެންމެ ގިނައިން ޕޮޒިޓިވްވެގެން މިދަނީ 18 އަހަރާއި އަހަރުގެ މީހުން. އިތުރު ޓްރެންޑެއް އަޅުގަނޑުމެންނަކަށް ނުފެނޭ." އޭނާ ވިދާޅުވިއެވެ.