އަވަށްޓެރި ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަގެ ތިން މަހުގެ މުސާރައަށްވާ ފައިސާ އެގައުމުގެ ކޮވިޑް-19 ހެލްތު ކެއާ އެންޑް ސޯޝަލް ސެކިއުރިޓީ ފަންޑަށް ހަދިޔާ ކުރައްވައިފިއެވެ.
ލަންކާގެ ކޮވިޑް-19 ހެލްތު ކެއާ އެންޑް ސޯޝަލް ސެކިއުރިޓީ ފަންޑަކީ ރައީސް ގޮޓަބަޔާގެ އަމިއްލަފުޅު އިސްނެންގެވުމުގެ މަތީން އުފައްދާފައިވާ ފަންޑެކެވެ.މިފަންޑުން އެގައުމުގައި ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ އިތުރުން އެގައުމުގެ ވެލްފެއާ ކަންކަމަށްވެސް ހަރަދު ކުރަމުން ދެއެވެ.
ރައީސް ގޮޓަބަޔާ ވަނީ 100 މިލިއަން ރުޕީސް ފަންޑަށް ހަދިޔާ ކުރައްވައިފައެވެ. މީގެ އިތުރުން މިފަންޑަށް ލަންކާގެ ކުންފުނިތަކާއި އަމިއްލަ ފަރުދުންވެސް އެހީވަމުން އަންނަ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެެވެ.
މިހާތަނަށް 915 މިލިއަން އަށްވުރެ ގިނަ ރުޕީސް މިފަންޑު މެދުވެރިކޮށް ހޯދާފައިވާއިރު އަދިވެސް ފަންޑަށް އެހީ ހޯދުމަށް ގިނަ ކެންޕެއިންތަކެއް އަންނަނީ ކުރަމުންނެއެވެ.