ކޮވިޑް 19

ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް ހެދުން މި މަހުގެ 28ގެ ނިޔަލަށް ހުއްޓާލަން އަންގައިފި

މަރިޔަމް ޝަހުދާ

1

ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް ހެދުން މި މަހުގެ 28ގެ ނިޔަލަށް ހުއްޓާލަން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އެ މިނިސްޓްރީން ވަނީ ‏ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކެއްގައި ޖަމާއަތުގައި ނަމާދު ނުކުރާ ގޮތަށް ނިންމާފައި އޮތް މުއްދަތު އިތުރު ކުރަން ނިންމައިފައެވެ.

މީގެ ކުރިން އެ މިނިސްޓްރީން ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް ނިންމާފައިވަނީ މިއަދުގެ އަސްރު ނަމާދުގެ ނިޔަލަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ މިސްކިތެއްގެ ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދާއި ތަރާވީހް ނަމާދު މިސްކިތްތަކުގައި ޖަމާއަތުގައި ނުކުރުމަށް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި ތަރާވީހް ނަމާދު ކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރުއާން ކިޔަވައި، ﷲގެ ރަހުމަތުން މާޔޫސް ނުވެ، ސަބަބުތަކުގައި ހިފައި، ﷲ އަށް ފުރިހަމައަށް ވަކީލުކޮށް ގިނަގިނައިން ދުއާކޮށް، އިސްތިއުފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟