މުހައްމަދު އައުޒަމް
އޮންލައިންކޮށް މާގިނައިން ހޯމްވޯކް ދޭ ކަމަށްބުނެ ޓީޗަރުގެ ވައިފައި ކަނޑާލައިފިއެވެ.
އޮންލައިންކޮށް ކިޔަވައިދިނުމުގައި މާގިނައިން ހޯމްވޯކް ދޭކަމަށް ބުނެ ޓީޗަރުގެ ނެޓު ކަނޑާލާފައިވަނީ ސްޕެއިންގެ ކުޑަ އަވަށެއްގައި ދެ ދަރިވަރަކު ވެގެންނެވެ.
އުމުރުން 9 އަހަރުގެ މި ދަރިވަރުންވަނީ ޓީޗަރުގެ އެޑްރެސް ހޯދައި ޓީޗަރުގެ ގެ ހުންނަ ސަރަހައްދު ވަރަށް ރަނގަޅަށް ދިރާސާކޮށްފައެވެ. ލޮކްޑައުން ކޮށްފައި ވުމާއެކު އެއަވަށުގެ މަގުތަކުން މީހުންގެ ހިލަމެއް ނެތުންވީ މިކުދިންނަށް ލިބުނު އިތުރު ފަސޭހަކައަށެވެ.
ހަރުގަނޑެއް ބޭނުންކޮށް ޓީޗަރުގެ ގޭގެ ބޭރުގައި ހަރުކޮށްފައިވާ ފޮށީގެ ނަރުކަނޑާލައި ޓީޗަރުގެ ވައިފައިގެ ހިދުމަތް ކަނޑާލުމަށްފަހު އެ ދެ ދަރިވަރުން ވަނީ ފިލައިފައެވެ. ނަމަވެސް ކަންދިމާވިގޮތުން ޓީޗަރަށްވަނީ އެހުރިހާ މަންޒަރެއް ފެނިފައެވެ. އެވަގުތު ދިމާވީ ޓީޗަރުވެސް ކުޑަދޮރުން ބޭރު ބަލައިލި ވަގުތާއެވެ.
އެ އަވަށުގެ ފުލުހުންނަށް މިމައްސަލަ ރިޕޯޓު ކުރުމުން ތަހުގީގު ފަށައި އެކުދިންގެ ބެލެނިވެރިންވެސް ޓީޗަރުގެ ގެއަށް ވަނީ ހާޒިރުކޮށްފައެވެ. އެންމެފަހުން ދެ ކުދިންވަނީ އެކަންކުރަން ޖެހުނީ ޓީޗަރު މާގިނައިން ހޯމްވޯކް ދޭތީ ކަމަށް ވެސް ބުނެފައެވެ. އަދި ބެލެނިވެރިން އަމިއްލަ ހަރަދުގައި ވައިފައިގެ ހިދުމަތް އަލުން ދިނުމަށް އެދުމާއެކު ޓީޗަރުވަނީ ފުލުހުންނަށް ކުރި ރިޕޯޓު އަނބުރާ ނަގައިފައެވެ.