ކުއްލި ޚަބަރު

އިތުރު ހަތް މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 904 އަށް

އިތުރު ހަތް މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 904 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޕޮޒިޓިވްވި ހަތް މީހުންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ ތިން މީހަކާއި ދެ ދިވެއްސަކާއި އިންޑިއާގެ ދެ މީހެއް ކަމަށެވެ.

އިތުރު ހަތް މީހަކު ޕޮޒިޓިވްވުމާއެކު ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 42 އަށް އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ 17 މީހަކާއި 16 ދިވެއްސަކާއި އިންޑިއާގެ ނުވަ މީހެކެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 31 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ބަލި ޖެހުނު ދެ މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ.