އެމްއެންޑީއެފް

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން ޝިޔާމް ވަކިކޮށްފި

3

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ވަކިކުރައްވައިފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން ޝިޔާމް ވަކުކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ޝިޔާމްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން ބްރިގޭޑިއާ ޖެނެރަލް އަހްމަދު ޝާހިދު ވެސް ވަކިކުރައްވައިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޝިޔާމް، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން ދުރުކޮށްފައެއް ނުވެއެވެ.

ރައީސް ސޯލިހުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އަރިހުގައި ވެސް ދުވަސްކޮޅަކަށް ޝިޔާމް މަސައްކަތް ކުރައްވާފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟